MTCC

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކޮށްފި

402557_3_1b19d8f41ad1b681ae1153fb242f43ac4e6711bb

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކޮށްފި

SHARE

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ފަހުމީ އައްޔަންކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރެއްވި ގޮތުގައި، އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަހުމީ އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ. ފަހުމީ މި މަގާމަށް އައްޔަންކުރެއްވީ، ކުރިން އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސްޓެލްކޯގައި 27 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަހުމީ، އެންމެ ފުރަތަމަ އެ ކުންފުންޏާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގަ އެވެ.

އޭނާ ވަނީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުކަމާއި، ނޮވެމްބަރު 2023 ގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ. އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ފަހުމީ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގަ އެވެ.