MTCC

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް މުހައްމަދު ހުސައިން އައްޔަނުކުރައްވައިފި

large_thumb_1776272932203

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް މުހައްމަދު ހުސައިން އައްޔަނުކުރައްވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް ޢައްޔަންކުރައްވައިފިއެވެ.

މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.

މީގެ އިތުރުން އޭނާ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު 2007 އިން 2008 އަށް ފުރުއްވާފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް މުހައްމަދު ހުސައިން އަދާކުރައްވާފައިވެއެވެ.

އޭނާ، އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.

މުހައްމަދު ހުސައިން ރައީސް އޮފީހުގެ އެންމެ އިސް ތަރުޖަމާނަކަށް އައްޔަންކުރައްވާފައިވާއިރު، މީގެ ކުރިން އެ މަގާމުގައި ހުންނެވީ، ހީނާ ވަލީދުއެވެ. ރައީސް ވަނީ މިނިސްޓްރީ އޮފް އާޓްސް, ކަލްޗާ އެންޑް ހެރިޖޭޓްގެ މިނިސްޓަރަކަށް ހީނާ އައްޔަންކުރައްވާފައެވެ.