MTCC

އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އުވާލުމުން އަތޮޅުތައް ހިންގުމަށް ހުރަހެއް ނޭޅޭނެ: އެލްޖީއޭ

IMG_20240109_192849

އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އުވާލުމުން އަތޮޅުތައް ހިންގުމަށް ހުރަހެއް ނޭޅޭނެ: އެލްޖީއޭ

SHARE

އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލި ނަމަވެސް،އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް  ނާންނާނެ ކަމަށް ލޯކަލް ގަވަރމެންޓް އަތޯރިޓީ( އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭ އިން ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ، އެ ޤާނޫނުގެ ދަށުން އެލްޖީއޭގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ޤާނޫނީ މަސްޢޫލިއްޔަތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ  ގާނޫނުގައި ބަޔާންކޮށްފައިޗާ ކަން އެލްޖީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، އެލްޖީއޭ އިން ބުނީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ޤާނޫނުއަސާސީގައި އަދި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް ނުދެކޭ ކަމަށެވެ.

އަތޮޅު ކައުންސިލްތަކާއި ލޯކަލް ގަވަރމެންޓް މިނިސްޓްރީ އުވާލުމުން، އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ގާނޫނީ ހުރަސްތަކެއް އެޅޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް  މައްސަލައެއް ދިމާނުވާނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.