MTCC

ބޮޑުތަކުރުފާނު މަގު ފުޅާކުރުން: މިހާތަނަށް 84 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ނިމިއްޖެ

IMG_5184

ބޮޑުތަކުރުފާނު މަގު ފުޅާކުރުން: މިހާތަނަށް 84 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ނިމިއްޖެ

SHARE

މާލޭ ބޮޑުތަކުރުފާނު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ، ހަތަރު ވަނަ ސެގްމެންޓްގައި މިހާތަނަށް 84 ޝީޓް ޕައިލްކޮށް ނިމިއްޖެ ކަމަށް  އެމްޓީސީސީއިން ހާމަކޮށްފި އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެއް ނަމްބަރު ޖެޓީން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ދެމެދުގެ މަސައްކަތެވެ. މި މަސައްކަތް ފެށީ މިދިޔަ މަހުގަ އެވެ.

އެމްޓީސީސީއިން ބުނީ، މަގުގެ އިމާރާތްތައް ހުންނަ ފަރާތުގެ ކާރބްސްޓޯން ޖަހައި، ސެޓްލްމަންޓް ޓޭންކްތަކުގެ މަސައްކަތް ނިމުމާ ގުޅިގެން، މިހާރު ކުރިއަށްދަނީ ކީވޯލް ކޮންކްރީޓް ކުރުމުގެ ތައްޔާރީތައް ކަމަށެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި ކޭބަލް ހަރުކުރުމާއި، ޖަންކްޝަންތައް ހަރުކުރުމުގެ އިތުރުން، އެމް.ޑަބްލިޔު.އެސް.ސީ ގެ ނަރުދަމާއާއި ފެން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.

މަޝްރޫޢު ނިމުމުން، މި މަގަކީ 4 ލޭނަށްތަރައްޤީކުރެވިފައިވާ، ޒަމާނީ ފެން ހިންދާ ނިޒާމަކާއި ހިތްގައިމު ދުވާރުތަކެއް ހިމެނޭ މަގަކަށް ވެގެންދާނެ އެވެ.

މީގެ ކުރިން ވަނީ ބޮޑުތަކުރުފާނު މަގުގެ ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމާފަ އެވެ. އެގޮތުން އިއްޒުއްދީން ޖެޓީން ފެށިގެން މަސް މާރުކޭޓު ނިމޭ ސަރަހައްދާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅައި މަގު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.

ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު އެއްކޮށް ތަރައްގީކުރުމަށެވެ.