އުމްރާގެ އަޅުކަމަށްފަހު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ރާއްޖެއަށް ވަޑައިގެންފިއެވެ.
ރައީސް އުމްރާގެ އަޅުކަމަށް ފުރާވަޑައިގަތީ، މިމަހުގެ 6 ވަނަ ދުވަހުގައެވެ. އެނބުރި ރާއްޖެ ވަޑައިގަތުމުން ރައީސް މުއިއްޒު އަދި މެޑަމް ސާޖިދާއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދު ﷲ އެވެ.
މިދަތުރުފުޅަކީ، ސައުދީ ސަރުކާރުގެ ހަރަދުގައި ހަމަޖައްސައިދެއްވި ދަތުރުފުޅެކެވެ. މެހެމާންދާރީ އާއި ދަތުރުގެ ހުރިހާ ކަމެއް ބެލެހެއްޓީ ސައުދީގެ ސަރުކާރުންނެވެ.
މީގެ ކުރިން ވެސް ރައީސްގެ ދެކަނަބަލުން އަނީ ސައުދީ ސަރުކާރުގެ ދައުވަތަކަަށް އުމްރާގެ އަޅުކަން އަދާކުރުމަށް ވަޑައިގެންފައެވެ.