MTCC

ބޭރު ފަރާތްތަކަށް ރަސްމާލެއިން ގަނެވޭނީ ޖުމްލަ ޕްރޮޕަޓީގެ 25 އިންސައްތަ: ރައީސް

large_thumb_1792495368177

ބޭރު ފަރާތްތަކަށް ރަސްމާލެއިން ގަނެވޭނީ ޖުމްލަ ޕްރޮޕަޓީގެ 25 އިންސައްތަ: ރައީސް

SHARE

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ތެރެއިން އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ވެސް ގަނެވޭނީ ޖުމްލަ ޕްރޮޕަޓީގެ 25 އިންސައްތަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ ބިޔަ މަޝްރޫއުތައް ކުރިއަށްގެންދަވާނީ ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތާއި ޝަހުސިއްޔަތު ފުރިހަމައަށް ހިމާޔަތްކުރެވޭނެ އުސޫލުތަކުގެ މަތިން ކަމަށެވެ. ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ފަދަ ރިއަލް އެސްޓޭޓް މަޝްރޫއުތަކުން ވިއްކާ ޕްރޮޕަޓީތަކުގެ 25 އިންސައްތައަށްވުރެ ބޮޑުބައެއް ވަކި އެއް ޤައުމެއްގެ ބަޔަކަށް ނުގަނެވޭނެހެން ޤާނޫނުގައި ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ވަކި އެއް ގައުމެއްގެ ނަސްލަށް ނިސްބަތްވާ މީހުން އެނގޭތޯ ވަކި އިންސައްތައަކަށް އަޅުގަނޑުމެން ލިމިޓްކުރާނަން. އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ އެއްވެސް ގައުމެއްގެ ރައްޔިތުން އެންމެ ގިނަވެގެން 25 އިންސައްތައަށޭ ތިބެވޭނީ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެ ތަންތަނުން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް ރައްޔިތުކަން ލިބިދާނެތޯ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ، ދިވެހި ރައްޔިތަކަށް ވެވޭނެ ގޮތް ޤާނޫނުއަސާސީގައްޔާއި ޤާނޫނުތަކުގައި ވަރަށް ސާފުކޮށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޤާނޫނުގައިވާ ގޮތުން ރާއްޖޭގެ ރައްޔިތުކަން ލިބޭނީ ހަމައެކަނި ސުންނީ މުސްލިމުންނަށް ކަމަށްވާއިރު، ޤާނޫނީ އިމުން ބޭރުން އެއްވެސް މީހަކަށް ރައްޔިތުކަން ނުލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއުން ވިއްކާ ތަންތަން ވަކި އެއް ޤައުމެއްގެ ބައެއްގެ މައްޗަށް ބަރޯސާވިޔަ ނުދިނުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެއެވެ. އެގޮތުން، އަލަށް އެކުލަވައިލެވޭ ރިއަލް އެސްޓޭޓާ ބެހޭ ޤާނޫނުގެ ދަށުން، ކޮންމެ ޤައުމަކަށްވެސް ޕްރޮޕަޓީ ގަނެވޭނެ އެންމެ މަތީ ނިސްބަތް (ކޯޓާ) ކަނޑައެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.