MTCC

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މަޖިލީހަށް އިސްލާހެއް

majlis-today-1024x683

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މަޖިލީހަށް އިސްލާހެއް

SHARE

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ. މިބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ މި ބިލަކީ ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި، އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ޚިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލުމަށާއި ޓެކްސް އިދާރާ (މީރާ) އަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރުތައް އިތުރަށް ހަރުދަނާކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި، އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ޚިދުމަތްތަކުން ޓެކްސް ނަގަން ފަށާފައިވަނީ 1 އޮކްޓޫބަރު 2026 ގައެވެ.

މި އިސްލާހުގެ ދަށުން، އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ މަންފާއެއް ހޯދުމަށް ނުވަތަ މުއާމަލާތެއްގެ އަސްލަށް ބަލާއިރު އެކަން ކޮށްފައިވަނީ ޓެކުހުގެ މަންފާއެއް ހޯދަން މަގުފަހިކުރުމަށް ކަމަށް ބެލެވޭ ހާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ކަމުގައި ބެލެވޭނެއެވެ. އަދި މިފަދަ ޙާލަތްތަކުގައި، އެ މުޢާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުޢާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންދެއެވެ.

ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ކަންކަން ބިލުގައި ތަފްސީލުކޮށްފައިވާއިރު، ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކުޑަކުރުމާއި، ޖީއެސްޓީ ދައްކަންޖެހޭ ތާރީޚު ފަސްކުރުން ފަދަ ކަންކަން ނިލުގައި ހިމަނާފައިވެއެވެ.

މި ޤާނޫނު ތަންފީޒުކުރަން ފެށުމުން، އިންބައުންޑް ޓޫރިޒަމުން ކުރިން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ނުލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. މީގެ ކުރިން އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއަރ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީން ދައުލަތަށް 1,608.5 މިލިއަން (1.6 ބިލިއަން) ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އޮތީ ލަފާކޮށްފައެވެ.