MTCC

"ރެސްޕެކްޓް ކެމްޕެއިން"ގެ ފަހުގެ ތައްޔާރީތަކާއި ބެހޭ މައުލޫމާތު ސެޝަނެއް ބާއްވައިފި

_MG_9988.jpg-1792396603408

"ރެސްޕެކްޓް ކެމްޕެއިން"ގެ ފަހުގެ ތައްޔާރީތަކާއި ބެހޭ މައުލޫމާތު ސެޝަނެއް ބާއްވައިފި

SHARE

މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިންނަށް ހާއްސަކޮށްގެން އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި، މި ޤައުމީ ކެމްޕޭނުގެ މައިގަނޑު މަޤްސަދުތަކާއި އަމާޒުތަކަށް އެ ވުޒާރާގެ ވެރިން އަހުލުވެރިކުރުވުމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

"އިޙުތިރާމުގެ އުފާ، މުޖުތަމައުގެ ނަފާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ، ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކަކު އަނެކަކަށް ކަމޭހިތުމާއި އިޙުތިރާމްކުރުމުގެ ރިވެތި އާދަކާދަ އަލުން ދިރުވައި އާލާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން ފަސް އަހަރުގެ މުއްދަތަށް ހިންގުމަށް ކަނޑައެޅިފައިވާ ޤައުމީ މުހިންމު މަޝްރޫއެކެވެ.

މި ކެމްޕެއިން އެކުލަވާލުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި އަމިއްލަ އޮފީސްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކަށް ވަނީ ދަޢުވަތު އަރުވައި، އެ ފަރާތްތަކުގެ ބައިވެރިވުމަށް ހުޅުވާލައިފައެވެ. މި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޓަކައި ބަޖެޓާއި ޓައިމްލައިން ތައްޔާރުކޮށް ނިމިފައިވާ ކަމަށް ކެމްޕެއިން ވިލަރެސް ކޮމިޓީއިން މަޢުލޫމާތު ދެއްވައެވެ

މި ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ، ދިވެހި މުޖުތަމަޢުގައި ބައިބައިވުން އުފެދި، ޒުވާނުންނާއި ޢާންމުންގެ މެދުގައި އޮތް އެކުވެރިކަމުގެ ރޫޙާއި އިޖުތިމާއީ ބަދަހިކަން ކުޑަވަމުންދާ ދިއުމަށް ޤައުމީ ފެންވަރުގައި ހައްލެއް ހޯދުމެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކޮށް، ކުރީގެ އަމާން، އުފާވެރި އަދި އެއްބައިވަންތަ މާހައުލު އަލުން ޤާއިމުކުރުމެވެ. އެގޮތުން އިޖްތިމާއީ ފޭރާން ގެއްލި ޒުވާނުންނާއި މުޖުތަމައުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުމަށް ހައްލެއް ހޯދުމަށާއި ދިވެހިންގެތެރޭގައި އޮތް އެކުވެރިކަމުގެ ރޫހު އާލާ ކުރުމަކީ މި މަޝްރޫއުގެ މައިގަނޑު މަގްސަދެވެ.