MTCC

ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު އައްޔަންކޮށްފި

IMG_4954

ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު އައްޔަންކޮށްފި

SHARE

މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު އައްޔަން ކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު ޢައްޔަންކުރެއްވި އިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގަ އެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 1995 ވަނަ އަހަރުއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި،ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ބަހާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި، އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޑިވަލޮޕްމަންޓް، ހުޅުމާލެ ޕޮލިސް ސްޓޭޝަން އަދި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑު ފަދަ ބަހާތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ސީޕީގެ މަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ އިއުލާންކުރިއިރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލަ އެވެ. ނަމަވެސް، ދެ ވަނަ ފަހަރަށް އިއުލާންކުރުމުން ފަރުހާދާއި އަހުމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފު ކުރިމަތިލެއްވިއެވެ.