MTCC

ބިންވެރިޔާ ސްކީމުގެ ދަށުން ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

333784_3ee8e89c-e_

ބިންވެރިޔާ ސްކީމުގެ ދަށުން ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

SHARE

ބިންވެރިޔާ ސްކީމްގެ ދަށުން 'ރަސްމާލެ' އިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އިން މި ފުރުސަތު ހުޅުވާލީ، އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.  މިނިސްޓްރީ އިން ގެޒެޓްކުރި އިއުލާނުގައި ބުނީ މިފަހަރު  ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ދޫކުރާ 1،250
އަކަފޫޓްގެ ގޯތި ކަމަށެވެ.

މިނިސްޓްރީ އިން ބުނީ، މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މި އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ:

  • ކެޓަގަރީ-1، ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް
  • ކެޓަގަރީ–2، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް

ގޯއްޗަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިނިސްޓްރީއިން ވަނީ އިއުލާނާއެކު ގެެޒެޓްގައި ހިއްސާކޮށްފައެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ނުވަތަ 4004865 އާ ގުޅުމަށެވެ. އަދި އެ މިނިސްޓްރީގެ hotline@infrastructure.gov.mv  އަށް މެއިލްކޮށްގެން ވެސް ސާފުކުރެވޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.