ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކޮށްފިއެވެ.
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކުރުމުގެ ގޮތުން، އެމްއޭސީއެލް އިން ވަނީ، ރާއްޖެ އައި ސައުދިއާގެ ފްލައިޓް, SV838 ގެ ފަސިންޖަރުންނަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.
އަދި އެ އެއާލައިނުން، ރާއްޖެ އިން ސައުދީއަށް ފުރި ދަތުރިވެރިންނަށް ވެސް އެމްއޭސީއެލް އިން ވަނީ ހަދިޔާ ބަހާފައެވެ.
ސައުދިއާ އިން ރާއްޖެއަށް ފާއިތުވި އަހަރު 10ގައި ދަތުރު ކޮއްފައި ވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.