MTCC

ހުޅުމާލޭގައި އަލައިކާގެ ކެމްޕެއިނު ޖަގަހަ ރަސްމީކޮށް ހުޅުވައިފި

photo_2026-03-28_08-53-13

ހުޅުމާލޭގައި އަލައިކާގެ ކެމްޕެއިނު ޖަގަހަ ރަސްމީކޮށް ހުޅުވައިފި

SHARE

ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް ކުރިމަތިލެއްވި އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިނު ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްހަދު އެވެ. މި ޖަލްސާގައި އަލައިކާގެ އިތުރުން މިފަހަރު އިންތިހާބުުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި، ޕީއެންސީގެ އިތުރު މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މިއަންނަ މަހުގައި އޮންނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމެޓީގެ އިންތިހާބު އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަށް ޕީއެންސީއިން ދަނީ ވަރަށް ފޯރިއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިނުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މި ކެމްޕެއިނު ހަރަކާތްތަކުގައި މެޑަމް ސާޖިދާ ދަނީ ބައިވެރިވެވަޑަައިގަންނަވަމުންނެވެ.