MTCC

ވީއައިއޭގެ ޑޮލަރު ފޭރުނު މައްސަލައިގައި 8 މީހަކަށް ދައުވާކޮށްފި

file_hmciin

ވީއައިއޭގެ ޑޮލަރު ފޭރުނު މައްސަލައިގައި 8 މީހަކަށް ދައުވާކޮށްފި

SHARE

\ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލަށް ބަޔަކު ވަދެ ބީއެމްއެލްގެ ލައްކަ އަކަށް ވުރެ ގިނަ ޑޮލަރު މޫނު ނިވާކޮށްގެން ތިބި ބަޔަކު، ފޭރުނު މައްސަލައިގައި ހައްޔަރުކުރި 8 މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ދައުވާ ކުރުމަށް ކޯޓަށް ފޮނުވި މީހުންގެ ތަފްސީލު:

1. ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު

މާހިދުގެ މައްޗަށް ކުރާ ދައުވާތައް-
* ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.
* ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ.
*ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން، މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ.

2. ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް

އަފްޒަލްގެ މައްޗަށް ކުރާ ދައުވާތައް-
* ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދަޢުވާ.
*ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

3.ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު
*ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

4. ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު

5. ލ. މާވައް، ރޭޝަމް، މާޒިން މޫސާ

6. މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް

7. ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 

8 ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާން

*9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.

ފޭރުނު ފައިސާ:
* 4،900 ޔޫރޯ
* 1735 ޕައުންޑް
* 2,610 ސިންގަޕޯރ ޑޮލަރު
* 1,345 އޮސްޓްރޭލިއަން ޑޮލަރު
* 510 ސްވިސް ފްރޭންކް
* 1,515 ކެނޭޑިއަން ޑޮލަރު
* 334,000 ޖަޕަނީސް ޔެން
* 10,420 ހޮންގކޮންގް ޑޮލަރު
* 23,778 ދިވެހި ރުފިޔާ
* 25,000 އިންޑިއަން ރުޕީސް
* 600 ޗައިނީސް ޔުއާން

ޕީޖީ އިން ބުނީ، އެ މީހުންގެ މައްޗަށް ދައުވާކުރީ،27 އޮކްޓޯބަރ 2025 ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން،ސޫޓް ކޭސްއަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއަރޕޯޓް އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީއާއި، އެ ކުށުގެ ޢަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީ ކަމަށެވެ.

އަދި މި އަމަލުގެ ސަބަބުން  ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.