ހުޅުމާލޭގެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 87% ހެކްޓަރުގެ ބިން ހިއްކައިިފި އެވެ.
އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 55 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. އެއީ މަޝްރޫއުގެ 87% މަސައްކަތެވެ.
މ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރު ހިއްކާނެ އެވެ. މި މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މަސައްކަތުގެ ސްޕީޑުވެސް ވަނީ އަވަސްކޮށްފަ އެވެ. ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާ އެވެ.