MTCC

ހައްޖު ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ތަހުނިޔާ ފޮނުއްވައިފި

img_md_202404061136421712385402.6428

ހައްޖު ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ތަހުނިޔާ ފޮނުއްވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ހައްޖު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާ މަންސަ "އެކްސް" މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ. ރައީސްގެ މެސެޖުގައި މި މަތިވެރި ދުވަސް ސިފަކުރައްވާފައިވަނީ ރަހުމަތާއި، ބަރަކާތާއި، ބާއްޖަވެރިކަމުގެ އިތުރުން މާތް اللهގެ ރުއްސެވުމާއި ފުއްސެވުން ތަނަވަސްވެގެންވާ ދުވަހެއްގެ ގޮތުގައެވެ. އަދި މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު ހުރިހާ ދިވެހި ރައްޔިތުންނަށް މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުއާ ކުރައްވާފައެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދުވެސް ވަނީ "އެކްސް" މެދުވެރިކުރައްވައި ހައްޖު ދުވަހުގެ މުނާސަބަތުގައި ހާއްސަ މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މިވަގުތު މުޤައްދަސް ބިމުގައި ތިބި ދިވެހި ހައްޖާޖީންނަށް "މަބްރޫރު ހައްޖެއް" މިންވަރުކޮށްދެއްވުން އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، މުޅި އިސްލާމީ އުންމަތަށް މި ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ލިބިދިނުމަކީ އެކަމަނާގެ އިހުލާސްތެރި ދުއާއެވެ.