ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް ކުރިއަށް ގެންދާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިިއްޒުއިލްތިމާސްކުރައްވައިފިއެވެ.
އަޟްހާާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާހައްޖުވެރިންނަށާއި، މުޅި އިސްލާމީ އުންމަތަށް ފޮނުއްވި ތަހުނިޔާގެ ޚިތާާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ ބަރަކާތްތެރިދުވަހެއް މިންވަރު ކުރެއްވިކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ހަމްދާއި ޝުކުރު ދަންނަވާފައެވެ.
ރައީސްގެ ހިތާބުގައި އަޟްހާާ ޢީދަކީ މުސްލިމް އުންމަތުގެ އެއްބައިވަންތަކަމާއި އޯގާތެރިކަން ދައްކުވައިދޭ މުހިއްމުމުނާސަބަތެއްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، އަރަފާތު ބިމުން ފެނިގެންދާ ހަމަހަމަކަމާއި، އުޟްޙިޔާ ކަތިލުމާއި،ހަދިޔާބަދަލުކުރުމުގެ ތެރެއިން މުޖުތަމަޢުގެ ނިކަމެތިންނަށް އެހީތެރިވުމަކީ އިޖުތިމާޢީ ބަދަހިކަން އިތުރުވާނެ ކަންކަން ކަމުގައިއެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ، މަޢާފުކުރުމުގެ ފިނި ރޯޅިން އަޅުގަނޑުމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުމެވެ. މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއެކުގައި ޢާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފޯވައްސެވެ." ރައީސްގެ ޚިޠާބުގައިބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން، މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަޚުލާގީ ސިފަތައް ދަސްކޮށްދީ، މުޖުތަމައުގެ އެކަނިވެރިންނާއިނިކަމެތިންގެ ހިނތުންވުމަކީ ތިމާގެވެސް އުފާކަމުގައި ދުށުމަށް ރައީސް ބާރުއެޅުއްވިއެވެ. އަދި އީދުގެ ހަގީގީ މަގުސަދަކީތަޤުވާވެރިކަމާއެކު ދީނާއި ހައްގުގެ މަގު އިސްކުރުންކަން ހަނދާންކޮށްދެއްވިއެވެ.
ރައީސް ވިދާޅުވީ، މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ ކަމަށާއި މި އީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއް ކަމަށެވެ. އީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މި އީީދަކީ އަމާންކަމާއި ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއް ކަމުގައި ލެއްވުމަށާއި، ދިވެހި ގަައުމާއި މުޅި އިސްލާމީއުންމަތް ސަލާމަތާއި ރައްކާތެރިކަމުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވަމުންނެވެ.