"ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

l_2025_10_04_123331_vwhdt8noklga93142mxjzupcrfi675qebys_EN_

"ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

SHARE

އޮކްޓޯބަރު 3 ގައި އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

އެ މުޒާހަރާއިން އަށް ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބަންދުގެ މުއްދަތު ޖަހައި ބަންދުގައި ހަ މީހަކު ބޭތިއްބުމަށް ފަހު، އެ މީހުން ދޫކޮށްލީ މިދިޔަ މަހުގެ 19 ގަ އެވެ. އެ މީހުންގެ މައްޗަށް ފުލުހުން ވަނީ ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުކޮށްފަ އެވެ. އެ ހަ މީހުންނަކީ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ، މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، ހުސައިން ޝާކިރު، އަޒީމް އަލީ، އަލީ ޖުމާން އަދި މުހައްމަދު ހަލަފް އިބްރާހީމެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ކޮށްދިނުމަށް ފުލުހުން އެދުނީ ގާނޫނު އަދާކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ. އެހެންނަމަވެސް، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފަ އެވެ.

ސަބަބަކީ، މައްސަލައިގަ ލިބިފައިވާ ހެކިތަކަށް ބަލާއިރު ތުހުމަތުކުރެވޭ އަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ވާތީއާއި، އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީން އިތުރަށް ބުނީ އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މުޒާހަރާއާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ތަހުގީގު ނިމުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.