ގުޅީގެ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

G5j-NMiaoAA9Qsx

ގުޅީގެ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

SHARE

ކ. ގުޅީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރެވުނީ ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވުނު ރަސްމިއްޔާތުގަ އެވެ. 530 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، ބަނދަރު އަދި ނެރު ފުންކޮށް، ކުރީގެ ބަނދަރު މަރާމާތުކުރުމާ، ކުދި އުޅަނދުފަހަރު އެޅުމަށް ބޭރުތޮއްޓާ އިންވެގެން ކޮންކްރީޓް ޖެޓީއެއް އަޅާނެ އެވެ.

ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ނެވެ އެވެ. 360 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކޮށްފައިވާއިރު އެ ރަށަށް ވަނީ 10.15 ހެކްޓަރުގެ ބިން އިތުރުކުރެވިފަ އެވެ.

މި މަޝްރޫޢުގެ ދަށުން ނިންމަވާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 362 މީޓަރ ދިގުމިނުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 88 މީޓަރގެ ބޮޑުހިލައިގެ ހުރަސްތޮށި ޖެހުން ހިމެނެ އެވެ.

ގުޅީ ބިންހިއްކުމުގެ މަޝްރޫއު ނިމުމާއެކު، ދެން ކުރިއަށްދާނީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުތަކުގެ ސަބަބުން ކ. ގުޅީގެ ބިމުގެ ބޮޑުމިން އިތުރުވެ، ބަނދަރުގެ ހިދުމަތްތައް ފުޅާވެގެންދާނެ އެވެ.