ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1,000 ޑޮލަރަށް އިތުރުކޮށްފި

b_qJl71yUnjkskPPwgOYR9j2ijx

ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1,000 ޑޮލަރަށް އިތުރުކޮށްފި

SHARE

ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑަށް ލިބޭ ޑޮލަރު ލިމިޓް މަހަކު 1,000 ޑޮލަރަށް ބޮޑުކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހާމަކޮށްފި އެވެ.

ބީއެމްއެލްއިން ބުނިގޮތުގައި، މި ބަދަލު ގެނެސްފައިވަނީ އެ ބޭންކުގެ 43 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ނެވެ. ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް އިތުރުކޮށްފަ އެވެ. ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް އިތުރުކޮށްފައިވާއިރު، މި ބަދަލަށް ޢަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެން ނެވެ.

ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައި ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. އަދި ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ބީއެމްއެލްއިން ވަނީ މިދިޔަ ޖުލައި މަހުގައި ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން، ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑުކޮށްދީފަ އެވެ. އެއާއެކު، ނަގުދު ފައިސާގެ ގޮތުގައި 750 ޑޮލަރު ނެގޭ ގޮތަށް މިއަދާ ހަމައަށް ބީއެމްއެލްއިން ފަހިކޮށްދީފައިވެ އެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ނަގުދު ފައިސާގެ ގޮތުގައި 1,200 ޑޮލަރު ނެގޭނެ އެވެ.