ސިނގިރޭޓު މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި

7526fe5d-6e98-436a-b4c3-29f22978b6c4

ސިނގިރޭޓު މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި

SHARE

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގެ ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރަި ކެނެރީގެ / ނ.މިލަދޫ، އާދަމް ވަހީދު (54އ) އެވެ.

ފުލުހުން ބުނީ އާދަމް ވަހީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި އިއްޔެވެސް މީހަކު ހައްޔަރުކޮށްފައި ވެއެވެ.އެއީ 52 އަހަރުގެ ހަސަން އަބްދުއްރަހުމާނެވެ. ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި ހުރީ ބަހައްޓާފަ އެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ

މި މައްސަލައިގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ވެސް ތުހުމަތުކުރެ ވެ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އިތުރުން އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ. އެ މައްސަލައިގައި ކަސްޓަމްސްގައި މަސައްކަތް ކުރި ޒިވާރު އިސްމާއީލާއި ކުރީގެ ސުޕްރިންޑެންޓް މުއާޒް އަލީ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.މި މައްސަލައިގައި 12 މީހަކު ފުރުން ވެސް މަނާކޮށްފައިވެ އެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓީ 1،360 ކޭސް ސިނގިރޭޓެވެ. 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެއީ 13.6 މިލިއަން ސިނގިރޭޓެވެ. މި ސިނގިރޭޓަށް 122 މިލިއަން ރުފިޔާގެ ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ، މިދިޔަ އާދީއްތަ ދުވަހު މި މައްސަލައިގެ ތަހުގީގަށް ތިލަފުށީގައި ބަލާ ފާސްކުރި ސައިޓުތަކުން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުނެފައިވެ އެވެ.