ލ. މާމެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގަ އެވެ.
މި މަޝްރޫއުގެ ދަށުން، 70,674 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއ،ި 354 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެ އެވެ. އަދި 307 މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ބޭރުތޮއްޓެއް ލުމާއ،ި 26 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮއްޓެއް ލުމާއ،ި 24 މީޓަރުގެ ސަރަހައްދެއްގައި މޫދު އަޑިއަށްވާ ގޮތަށް ބޭރުތޮއްޓެއް ލާނެ އެވެ. މީގެއިތުރުން، 88 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 1715 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.
މި މަޝްރޫއަކީ 67.87 މިލިއަން ރުފިޔާއަށް 400 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މީގެއިތުރުން، މާމެންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން، 21.60 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 2426 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 249 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާ 282 މީޓަރުގެ ސަރަހައްދެއްގައި އުސް ބޭރުތޮއްޓެއް ލުމުގެ މަސައްކަތްވެސް ކުރާނެ އެވެ.
މި މަޝްރޫއަކީ 259.19 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.