ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތުގެ ތަކެތި ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކަން ނިންމާފައިވަނީ 10 ވައްތަރެއްގެ ތަރުކާރީ އާއި 10 ވައްތަރެއްގެ މޭވާގެ އިތުރުން މުގާއި ކާއްޓާއި ކުކުޅުބިހެވެ.
އެސްޓީއޯއިން އެތެރެކުރާ ތަރުކާރީގެ ތެރޭގައި ހިމެނެނީ:
• ފިޔާ
• އިނގުރު
• ކެރެޓު
• ލުނބޯ
• ބަށި
• ކައްޓަލަ
• އަލުވި
• ކެބެޖު
• ބަރަބޯ
• މިރުސް
• ބޯވެލި
• ލޮނުމެދު
އެސްޓީއޯއިން ވިއްކާ މޭވާގެ ތެރޭގައި ހިމެނެނީ:
• ދޮންކެޔޮ
• އާފަލު
• އޮރެންޖު
• ކެރެޓު
• ޖުމްހޫރީމޭވާ
• އަނބު
• ފަޅޯ
• ކަރާ
• މޭބިސްކަދުރު
އެސްޓީއޯއިން މައުލޫމާތު ދިންގޮތުގައި، މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮއްފަ އެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ އެވެ. މީގެއިތުރުން، އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
ހަމަ މިއާއިއެކު، ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާ ކުރަމުންދާކަމަށްވެސް މައުލޫމާތު ދިނެވެ.
އަސާސީ ކާބޯތަކެއްޗަކީ އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެތި ކަމަށްވެފައި، މި ތަކެތި ހެޔޮ އަގެއްގައި އާންމު ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.