ދައުރުވަމުންދަނީ ފުލުހުން ނެގި ވީޑިއޯ އެއް ނޫން

ފުލުހެއް މަގުމަތީގައި (ފޮޓޯ/ ފުލުހުންގެ ޚިދުމަތް)

ދައުރުވަމުންދަނީ ފުލުހުން ނެގި ވީޑިއޯ އެއް ނޫން

SHARE

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކުށުގެ ވީޑިއޯ އަކީ ފުލުހުން ރެކޯޑުކުރި ވީޑިއޯ އެއް ނޫން ކަމަށް އެ ޚިދުމަތުން މިއަދު ބުނެފި އެވެ.

ފުލުހުން ކުށުގެ ވެއްޓެއްގަ ހަރަކާތްތެރިވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގަ ދަނީ އާއްމުވަމުން ނެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެއީ ކުޑަކުދިންތަކެއް އެކްސްޕޮލޮއިޓްކުރުމުގެ މައްސަލައިގައި މިފަހުން މީހުންތަކެއް ހައްޔަރުކުރި ސީންގެ ވީޑިއޯ އެކެވެ. ފުލުހުން ބުނެފައިވަނީ އެއީ ފުލުހަކު ރެކޯޑުކުރި ވީޑިއޯއެއް ނޫން ކަމަށް ބުނެފަ އެވެ.

ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ތިބި 4 މީހަކު މާލޭގެ ގެއަކުން ހައްޔަރުކުރީ މި މަހުގެ 6 ވަނަ ދުވަހު އެވެ.

އަނިޔާ ލިބުނު ކުދިންގެ ތެރޭގައި ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ހިމެނެ އެވެ. އެއީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.

ފުލުހުން ބުނީ އެ އެޕާޓްމެންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.