ކުޑަކުދިންތަކަކާ އެކު މަސްތުގެ ހާލަތުގައި ތިބި 4 މީހަކު ހައްޔަރުކޮށްފި

image_2025-10-07_14-4re43t56-20

ކުޑަކުދިންތަކަކާ އެކު މަސްތުގެ ހާލަތުގައި ތިބި 4 މީހަކު ހައްޔަރުކޮށްފި

SHARE

ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ތިބި 4 މީހަކު މާލޭގެ ގެއަކުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި އިއްޔެ ހެނދުނު، ހެންވޭރުގަ ހުންނަ ގެއެއްގެ އެޕާޓްމެންޓަކުން ހައްޔަރުކުރީ 4 ފިރިހެނުން ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރީ:

  1. އަލީ އަޝްރަފް  (32 އަހަރު)
  2. ލުހާން ސައީދު (41 އަހަރު)
  3. ނާފިއު ރަޝީދު (39 އަހަރު)
  4. ޝިނާން އަހުމަދު (33 އަހަރު)

އަނިޔާ ލިބުނު ކުދިންގެ ތެރޭގައި ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ހިމެނެ އެވެ. އެއީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.

ފުލުހުން ބުނީ އެ އެޕާޓްމެންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުން ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ނެވެ.