މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީސް

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

SHARE

މޯލްޑިިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މަޖިލީހުގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ކޮމިޝަނަށް އައްޔަނުކުރާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ އެ އިއުލާނުގަ ވަނީީ އަންނަ އޮކްޓޯބަރު 12 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމަޔަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލާން އެދޭ ފޯމާއި އިގްރާރު އެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަަތަރު މެމްބަރުންނެވެ. އާ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި ކޮމިޝަން އެކުލަވާލަން ޖެހެ އެވެ. އެ ކޮމިޝަން އެކުލަވާލަން ދެން މީޑިއާ ރެގިއުލޭޓް ކުރަމުންދަނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި 5 މެމްބަރުންގެ ވަގުތީ ކޮމިޓީ އަކުން ނެވެ.

މީޑިއާ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ގާނޫނުއަސާސީންނާއި ގާނޫނުން ބާރު ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމާއި އެ ކަންކަމާ ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.