ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ރަށްރަށަށް ކުރިއެރުން ހޯދަން ދަތިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދ ރައީސް މިފަދައިން ވިދާޅުވީ ވ. އަތޮޅު ހިމެނޭ ގޮތަށް 4 އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ކެޔޮދޫއަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ރަށަށް ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދަކީ ރަށުގެ ބިން ހިއްކުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ރަށުގެ ކުރިއެރުމަށް ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ. މި މަޝްރޫއުއަށް ބޭނުންވާ ފައިސާ ކަނޑައެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު، އެ ރަށަށް 12 ހެކްޓަރު އިތުރުކުރުމުގެ މަސައްކަތް ފަށަން ގަސްދުކުރައްވާ ކަމަށެވެ.
"2026 ވަނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި، އެ ވައުދު ފުއްދުމަށްޓަކައި މި ރަށަށް 12 ހެކްޓަރު ބިން އިތުރުކޮށްދިނުމުގެ މަސައްކަތް އަމަލީ ގޮތުން ކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖާހަ އިތުރުވެގެންދިއުމުން އެހެނިގެން ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ކެޔޮދޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ކެޔޮދޫގައި ވެސް ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ޖަލްސާގައި، ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ޤާއިމްކުރުމުގެ އެއްބަސްވުމާއި ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.