ފުލިދޫ ހެލްތު ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ފުލިދޫ ހެކްތު ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވަނީ

ފުލިދޫ ހެލްތު ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

SHARE

ވ. ފުލިދޫގައި ގާއިމިކުރާ ހެލްތު ސެންޓަރުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅއިަފި އެވެ

ފުލިދޫގައި މި މަޝްރޫއުތައް ފެށިގެން ދިޔައީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅު ހިމެނޭގެން 4 އަތޮޅަކަށް ކުރައްވަން މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވުމުން ނެވެ. ފުލިދޫ އަކީ އެމަނިކުފާނުގެ ފުރަތަމަ މަންޒިލެވެ.

އެ ރަށަށް ވަޑައިގެން އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމާއި ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގަ އެވެ.

އެމަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިން ނެވި އެވެ.

521 މީހުން ދިރިއުޅޭ ފުލިދޫގެ ހެލްތު ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހު އެވެ. 27 މިލިއަން ރުފިޔާ އަށް ކުރިއަށް ގެންދާ މި މަޝްރޫއު 360 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި މަޝްރޫއު ނިމުމާއެކު، ރަށުން ލިބޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ސިއްހީ ފަރުވާއަށް އެހެން ރަށްރަށަށް. ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ ހަރަދުކުޑަވެގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެ އެވެ.

މި މަޝްރޫޢުގެ. ދަށުން، 15،650 އަކަފޫޓުގެ. ސަރަޙައްދެއްގައި  ސިއްހީ މަރުކަޒުގެ އަލަށް، ހަދާ. އިމާރާތް ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި ބިންގަނޑު ކޮނމާއި، މޭޝަނަރީ އަދި ކޮންކްރީޓް. މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި، ކުޑަދޮރު ހަރުކުރުމާއި ދަވާދު ލުމާއި، ދަގަނޑު މަސައްކަތްތަކާއި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި ކަރަންޓު ވަޔަރު ކުރުމާއި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި، އެއަރ. ކޮންޑިޝަން ހަރުކުރެވޭނެ އެވެ.