ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް

f21ad564-80f5-4496-8789-5ed8811d4a4d

ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް

SHARE

އއ. ހިމަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެންޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ޖުމްލަ 24.54 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ  މި މަޝްރޫގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން ބުނީ މިހާރު ތައްޔާރުވަމުންދަނީ ބޮޑުހިލައިގެ ބޭރު ތޮށިލުމަށްޓަކައި ކަމަށެވެ.

ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ގޮނޑުދޮށަށް 43،200 ކިއުބިކް މީޓަރުގެ ވެލި އެޅުމަށާއި 110 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ނިންމާފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ހިމަންދޫ ގޮޑުދޮށުން 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ އިތުރުން، 20 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެ  އެވެ.