ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއާއި ނައިބު ރައީސްކަމަށް ބޭފުޅުން އައްޔަންކުރައްވައިފި

ސީއެސްސީގެ ރައީސް ކަމަށް އައްޔަނުކުރަން ރުހުން ލިބުނު މުޖުތާޒް، ނައިބަކަށް އައްޔަނުކުރަން ރުހން ލިބުނު ނާސިހު

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއާއި ނައިބު ރައީސްކަމަށް ބޭފުޅުން އައްޔަންކުރައްވައިފި

SHARE

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ދާދިފަހުން އައްޔަނުކުރެވުނު މުހައްމަދު މުޖުތާޒް އެ ކޮމިޝަންގެ ރައީސަކަށް އައްޔަންކޮށްފި އެވެ.

އެ ކޮމިޝަނުގެ ނައިބަކަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ އެ ކޮމިޝަނުގެ ރައީސްކަމުގައި ކުރިން ހުންނެވި މުހައްމަދު ނާސިހަށެވެ.

އެ ދެބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވީ ހޯމަ ދުވަހުގެ ހެނދުނު ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާގަ އެވެ. އެ މައްސަލަ ދިރާސާކުރުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމެވީ އެ ދެބޭފުޅުންނަށް ރުހުން ދިނުމަށެވެ.

ސީއެސްސީގެ މެމްބަރުކަމަށް ދެބޭފޫޅުން އައްޔަނުކުރެއްވީ މި މަހުގެ 7 ވަނަ ދުވަހު އެވެ.