މިދިޔަ މަހު މަގުމަތިން ހުއްޓުވި ގިނަ މީހުންގެ އަތުގައި ކުށުގެ ރެކޯޑު އޮތް

police_33_81767b6081

މިދިޔަ މަހު މަގުމަތިން ހުއްޓުވި ގިނަ މީހުންގެ އަތުގައި ކުށުގެ ރެކޯޑު އޮތް

SHARE

ނިމިދިޔަ އޮަގަސްޓުމަހުގެ ތެރޭގައި ފުލުހުން މަގުމަތިން ހުއްޓުވައި ބަލާފާސްކުރި ގިނަ މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް އެ ޚިދުމަތުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމެންޓުތަކުން މިދިޔަ އޮގަސްޓު 1 އިން 31 އަށް ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް އިއްޔެ އާއްމުކޮށްފަ އެވެ. އެގޮތުނ،ް މާލެ ޕްރޮންޓް ލައިން ޕޮލިސިން އަށް ބަލާއިރު 26،674 ލޮކޭޝަން ޗެކް ކުރެވުނުއިރު 127 ވެހިކަލް ޗެކްޕޮއިންޓުގައި މަސައްކަތް ކޮށްފައިވާ ކަން ވަނީ ހާމަކޮށްފަ އެވެ.

އެ މުއްދަތުގައި 5581 މީހަކު ހުއްޓުވައި ސުވާލުކުރެވުނު އިރު، ފުލުހުން ބުނީ އޭގެތެރެއިން 5373 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުން ކަމަށެވެ. ބާކީ 2.8 މީހުންގެ ކުށުގެ ރެކޯޑެއް ނެތެވެ.

މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ރިކަވާކުރެވުނު މުދަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު 90 ސައިކަލު ހޯދައި، 19 ފޯނާއި، 4 އިލެކްޓްރޯނިކްސްގެ އިތުރުން 329،350 ރުފިޔާ ވަނީ ހޯދާފަ އެވެ. އަދި އެ މުއްދަތުގައި 4 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް އެ ޚިދުމަތުން ކުރަމުންދާއިރު ފުލުހުން ބުނީ، މިދިޔަ މަަހުގެ ތެރޭގައި 900 ކޮމިއުނިޓީ އިންޓަރެކްޝަން ބޭއްވިއިރު 102 މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ކުށަކަށް ނުވާ 54 ކަންބޮޑުވުމެއް އެ ޚިދުމަތާ ހިއްސާކުރިއިރު 35 ކަމެއް ކުށާއި ގުޅުންހުރި ކަމެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.