ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

photo_2025-09-11_13-41-07

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

SHARE

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަަޒަށް ހެދިގެންދިޔަ އެންމެ ފެންވަރު ރަނގަޅު، އާއްމުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާ ވެބްސައިޓެއްކަން ފާހަގަކޮށްލެވޭ ކަމަށެވެ. އެގޮތުން މި ވެބްސައިޓު މެދުވެރިކޮށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދާ ކޯސްތަކާއި، މަރުކަޒުން ބާއްވާ ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް ބަލާލެވެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މަރުކަޒުގެ ޚަބަރާއި މަޢުލޫމާތު މި ވެބްސައިޓުގެ ޒަރިއްޔާއިން އާއްމުންނަށް ތާޒާކަމާއެކު ގެނެސްދެވިގެންދާނެއެވެ.

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރަމުންދާކަމެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމާއި ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީ މިހާތަނަށް ކުރެވިފައިވާ މުހިއްމު މަސައްކަތްތަކެކެވެ.