ބ. މާޅޮހުގައި އެމްޓީސީސިއިން ދެ މުހިންމު މަޝްރޫޢެއްގެ މަސައްކަތް ފަށައިފި

-

ބ. މާޅޮހުގައި އެމްޓީސީސިއިން ދެ މުހިންމު މަޝްރޫޢެއްގެ މަސައްކަތް ފަށައިފި

SHARE

ބ. މާޅޮހުގައި އެމްޓީސީސިއިން ދެ މުހިންމު މަޝްރޫޢެއްގެ މަސައްކަތް ފަށައިފިއެވެ. މި ދެ މަޝްރޫޢަކީ މާޅޮސް ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫޢާއި މާޅޮސް މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫޢެވެ.

ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މާޅޮސް މިސްކިތް އިމާރާތްކުރުމުގެ މަޝަރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވާފައިވަނީ އޮނަރަބަލްމިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި މާޅޮސް ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވާފައިވަނީ އޮނަރަބަލް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖ،ީ ޑރ. ޢަލީ އިޙްސާން އާއީ ކޮމިޝަނާ އޮފް ޕޮލިސް އަލްފާޟިލް އިސްމާއިލް ނަވީންއެވެ.

ބ. މާޅޮސް މިސްކިތް އިމާރާތްކުރުމުގެ މަޝަރޫޢުގެ ދަށުން، 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުން ހިމެނެއެވެ. މިއީ 10.75 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން މިކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އޭގެ އިތުރުން ބ. މާޅޮސް ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، 1،500 އަކަ މީޓަރުގެ ސަރަޙައްދެއްގައި އެއް ބުރީގެ އިމާރާތެއް ބިނާކުރުން ހިމެނެއެވެ. މިއީ 2.04 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން މިކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީ އިން ބުނީ މި ފެށުނު މަޝްރޫއުތައް ފުރިހަމަކުރެވުމާއި އެކު އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް 775 ވަރަކަށް މީހުންގެ އާބާދީއެއް ދިރިއުޅޭ ބ. މާޅޮސްގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.