MTCC

ބިދޭސީންގެ މައްސަލައަކީ ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވުނު ދިގުލައިގެންދިޔަ މައްސަލައެއް: އިޙްސާން

main_20260509_181311

ބިދޭސީންގެ މައްސަލައަކީ ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވުނު ދިގުލައިގެންދިޔަ މައްސަލައެއް: އިޙްސާން

SHARE

ބިދޭސީންގެ މައްސަލައަކީ ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް ދިގުލީ ގައުމީ މައްސަލައެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މުހިންމު ގައުމީ މަސްއޫލިއްޔަތު ވަނީ ކަމާބެހޭ މުއައްސަސާތަކާ ހަވާލުކުރައްވާފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އެ ވުޒާރާގެ ޓީމާއި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން މި މަގްސަދު ހާސިލުކުރުމަށްޓަކައި މެދުކެނޑުމެއްނެތި ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން، އެ އޮޕަރޭޝަންގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހޯއްދެވި ބޮޑު ކުރިއެރުމާއި ކާމިޔާބީއަށްޓަކައި ރައީސް މުޢިއްޒަށް ވަޒީރު ވަނީ މަރުހަބާ ދަންނަވާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަންތައްކަން ފާހަގަކޮށްލެވެއެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ބާރުގަބޫލުގައި ދަނީ ކުރެވެމުންނެވެ.