MTCC

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުން ކުރިޔަށްދަނީ (ފޮޓޯ/ދެން އިމޭޖްސް)

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

SHARE

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަންސް އިން އިތުރުކޮށްފިއެވެ.

އީސީ އިން ގެޒެޓްކުރި އިއުލާނުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު،  މިއަންނަ މެއި މަހުގެ 2 ވަނަ ދުވަހުގެ 15:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

  • ޕާޓީތަކުގެ ކެންޑިޑޭޓުން:
    • ޕީއެންސީ : އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އެވެ.
    • އެމްޑީޕީ : މި ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރު ކުރައްވާފައިވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.

މި ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑީގައި ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް، ކޯޓު ހުކުމާއި އެއްގޮތަށް ،ދައްކަމުން ނުދާކަން ސާބިތުވެ، އޭނާގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ 12 ވަނަ ދުވަހު، ހުކުމް ކުރުމުންނެވެ.