ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މަގާމުން ވަކިކުރެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުން މި ބަދަލު ގެނައި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ގައްސާން ޑިފެންސް މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ މި ސަރުކާރުގެ ފުރަތަމަ ދުވަހު 17 ނޮވެމްބަރު 2023ގަ އެވެ. ގައްސާނަކީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމްގެ ދަރިކަލުންނެވެ.
ގައްސާން މަގާމުން އިސްތިއުފާދެއްވާފައިމިވަނީ ސަރުކާރުން މިނިސްޓަރުން މަގާމުން ވަކިކުރަމުންދަނިކޮށެވެ. ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ބަދަކު ގެންނަމުން މި ދަނީ އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ނާކާމިޔާބު ލިބިފައިވާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓަރުންގެ އިތުރުން ބައެއް ކުންފުނި ތަކުގެ މެނޭޖިން ޑައިރެކްޓަރުންނަށް ވެސް ބަދަލު ގެނެސްފައެވެ.