މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް, މަގާމުން ވަކި ކުރައްވައިފި އެވެ.
އޭނާ މަގާމުން ވަކިކުރެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުން މި ބަދަލު ގެނައި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ހަލީލް އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ, 2024 ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.
ސަރުކާރުން މިނިސްޓަރުން ވަކި ކުރަމުން މި ދަނީ މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސއަށް ނާކާމިޔާބު ލިބިފައިވާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓަރުންގެ އިތުރުން ބައެއް ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވެސް މި ހަފްތާގައި ދަނީ ބަދަލު ގެންނަމުން ނެވެ.