ރައީސް ޑރ މުހައްމަދު މުއިއްޒު ސިލްސިލާކޮށް، ކޮންމެ ހަފުތާއެކު އެއް ފަހަރު ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން މާރިޗު އެއް ވަނަ ދުވަހުން ފެށިގެން ކަނޑައަޅުއްވާފައިވާ އުސޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ ކަމަށެވެ.ހީނާ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގައިވެސް އުސޫލުގެ މަތީން، ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭގޮތް ހާމަކުރާނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، މީޑިއާއެކު ބާއްވަމުން އަންނަ ތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، ކޮންމެ ހަފުތާއަކު ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށެވެ.
"ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން."
ރައީސް ކަނޑައެޅުއްވި އުސޫލުގެ މަތިން ނޫސްވެރިންގެ ބައްދަލުވުން ވަނީ މާރިޗު މަހުން ފެށިގެން ކުރިއަށް ގެންގޮސްފައެވެ. ބައްދަލުވުން މެދުކަނޑާލީ ރައީސްގެ ދެކަނބަލުން އުމްރާއަށް ސައުދީއަށް ވަޑައިގަތުމުންނެވެ. ރައީސްޕރ މިހާރު ވަނީ އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފަ އެެވެ.