ރަސްފަންނު ސަރަހައްދު މަރާމަތުކުރުމަށްޓަކައި، ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން، ކުރި އިއުލާނެއްގައި ބުނީ، ރަސްފަންނު ސަރަަހައްދުގައި މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. މީގެއިތުރުން، މަަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ މުއްދަތުގައި، ރަސްފަންނުގެ އެކި ސަރަހައްދުތައް ބަންދުކުރަމުންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ރަސްފަންނަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ. ރަސްފަންނު ސަރަހައްދު ތަރައްގީކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވައުދުވެޑައިގެންފައެވެ. ރަސްފަންނު ހުޅުވާފައިވަނީ މީގެ 10 އަހަރު ކުރިން، ރައީސް މުއިއްޒު ހައުސިން މިނިސްޓްރީކަމުގައި ހުންނެވިއިރުގައެވެ.