MTCC

ބިދޭސީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ބަންދުކޮށްފި

images (1)

ބިދޭސީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ބަންދުކޮށްފި

SHARE

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަތުލައިގަތް ބަންގްލަދޭޝްގެ ހަ ބިދޭސީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ތަހުގީގަށް 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ

  • މުހައްމަދު މައިނުއްދީން ސަލާހު (35އ)،
  • ރަޖިބް (31އ)،
  • މުހައްމަދު ޢަބްދުﷲ (38އ)،
  • އަޖްގަރު މިރިދާ (37އ)،
  • އެމްޑީ މޮހިއްދީން ޗޯދުރީ (28އ)
  • އެމްޑީ ޝާހިން މިއާ (46އ) އެވެ.

މި އެންމެންގެ މައްޗަށްވެސް ކުރަނީ މަނީ ލޯންޑަރިންގގެ ތުހުމަތެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހުއްޓުވުމަށް ހަރަކާތްތެރިވާ ޚާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 18 ގައި ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން މި މީހުން ހިފަހައްޓައި ބަލައިފާސްކުރިއިރު، އެމީހުންގެ އަތުން ފެނުނު ފައިސާތައް ރައްކާކޮށްފައި ހުރީ ސީރިއަލް ޕެކެޓެއްގެ ތެރޭގައެވެ.
އަތުލައިގަނެވުނު ފައިސާގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. އޭގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1،815 އިނގިރޭސި ޕައުންޑް ހިމެނޭއިރު، ދިވެހި ފައިސާއިން މި ފައިސާތަކުގެ ޖުމްލަ އަގު 3.86 މިލިއަން ރުފިޔާއަށް އަރައެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ތުހުމަތުކުރެވޭ މީހުން ބުނެފައިވަނީ އެ ފައިސާއަކީ އެމީހުންގެ އެއްޗެއް ނޫން ކަމަށެވެ. އަދި ބައެއް މީހުން އެއާޕޯޓަށް ދިޔައީ ރައްޓެހިން ފުރުވަން ކަމަށާއި، އަނެއްބައި މީހުން ގެންގުޅުނު ލަގެޖާއި ޕާރުސަލްތަކަކީ އެހެން ބަޔަކު ހަވާލުކުރި އެއްޗެހި ކަމަށް ބުނެ އެމީހުން ވަނީ ކުށަށް އިންކާރުކޮށްފައެވެ. ނަމަވެސް ކޯޓުން ނިންމީ އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަނެތި، ޤަވާޢިދާ ޚިލާފަށް ކަޅުބާޒާރުގައި ފައިސާ މާރުކުރުމުގެ މައުލޫމާތު 9388733 އަށް މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި މިފަދަ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓައި، ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.