MTCC

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީ

Screenshot 2026-07-01 135256

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީ

SHARE

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނޭ މި މުހިންމު މަސައްކަތަށް ބޭނުންވާ ތާރު އަޅާ މެޝިނަރީޒް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ސެގްމަންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް މި މާދަމާ ފަށަން ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހަފުތާގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފެށުމާއެކު، މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެއެވެ.

މި މަޝްރޫއުގެ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، މަގުގެ އުތުރު ފަރާތް ވަރުގަދަކުރުމަށް ޖަހާ ޝީޓް ޕައިލްގެ ބާކީ ހުރި މަސައްކަތްތައް ވެސް އަންނަ ހަފުތާގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މަގުގެ ރީތިކަމާއި ރައްކާތެރިކަމަށްޓަކައި ހަދާ ދުވާރުގެ މަސައްކަތާއި، ޕާކިންގ ޒޯންތަކުގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރުމިނުގައި ކުރިއަށެވެ.

އެމްޓީސީސީން އިތުރަށް މައުލޫމާތު ދިން ގޮތުގައި، ކޭވޯލްގެ ކެޕިންގ ކޮންކްރީޓްގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް އަންނަ ހަފުތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި މަޝްރޫއު ނިންމާލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ޒަމާނީ ފެންވަރަށް މަގުތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެ މަސައްކަތެކެވެ. އެމްޓީސީސީން ދަނީ މި މަޝްރޫއު ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށްޓަކައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.