MTCC

ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދަން އެމްޓީސީސީއަށް

HJt7pZbbsAA6m4K

ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދަން އެމްޓީސީސީއަށް

SHARE

ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި، ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ.

ޖުމްލަ 18.80 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

  • ބަނދަރުގެ ބޭސިން ހިއްކުން
  • 112 މީޓަރުގެ އެއްގަމު ތޮށި ޝީޓްޕައިލްކުރުން
  • 30 ޓަނުގެ ބޯލާޑްސް ޖެހުން
  • ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ހިމެނެއެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ނިމުމުން ތިލަފުށީގައި އެ ކުންފުނިން ހިންގާ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.