MTCC

ވީއައިއޭގެ ހިދުމަތްތައް ފުޅާކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން ބޮޑެތި ބަދަލުތަކެއް: އެމްޑީ

l_17681531046hSG1

ވީއައިއޭގެ ހިދުމަތްތައް ފުޅާކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން ބޮޑެތި ބަދަލުތަކެއް: އެމްޑީ

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށް އެމްއޭސީއެލްގެ އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ، ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 – ކަނެކްޓިން މޯލްޑިވްސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީ ފާހަގަކުރެއްވި ގޮތުގައި، އެއާޕޯޓުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ އެވެ. މީގެތެރޭގައި ސެލްފް ސާވިސް ޗެކް-އިން، ބެގޭޖް ޑްރޮޕް-އޮފް ސިސްޓަމްތަކާއި، އިމިގްރޭޝަން އީ-ގޭޓްސްގެ އިތުރުން، ސްމާޓް ސެކިއުރިޓީ ސްކްރީނިން ފަދަ ވަސީލަތްތައް ތައާރަފުކުރުން ހިމެނެ އެވެ.

މީގެއިތުރުން، ކާގޯގެ ހިދުމަތްތައް ފުޅާކުރުމާއި، ފަސިންޖަރުންނަށް ބޭނުންވާ ލުއިފަސޭހަކަން ހޯދައިދިނުމަށްޓަކައި އުމްރާނީ ތަރައްގީގެ އައު މަޝްރޫއުތަކެއް ރާވަމުންދާކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވީއައިއޭ އަކީ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭ ތަނަކަށް ހެދުމަށް 'ނޮން-އެއިރޮނޯޓިކަލް' އާމްދަނީ އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ލައުންޖްތަކާއި، ރީޓެއިލް އަދި އެފްއެންބީ ހިދުމަތްތައް އިތުރަށް ތަރައްގީކުރާނެ އެވެ.

މިއާއެކު، ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ އެއާޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.