MTCC

އިންތިހާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވޯޓުލި

IMG_4959

އިންތިހާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވޯޓުލި

SHARE

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އިންތިޚާބުގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 ޕަސެންޓް ވަނީ ވޯޓުލާފައެވެ. އެެހެންވެ މިފަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް، 2021 ގެ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓުލީ މީހުންނަށް ވުރެ ހަ އިންސައްތަ އިތުރެވެ.

މިފަހަރުގެ އިންތިހާބުގައި، ޖުމްލަ 214،898 މީހަކު ވޯޓުލާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 253،714 މީހުންނަށެވެ.