MTCC

ސަރުކާރުން ކުރާ ކޮންމެ މަސައްކަތެއް ކުރަނީ ގައުމީ ވިސްނުމުގައި: ރައީސް

DSC_6583

ސަރުކާރުން ކުރާ ކޮންމެ މަސައްކަތެއް ކުރަނީ ގައުމީ ވިސްނުމުގައި: ރައީސް

SHARE

ސަރުކާރާއި ކޮންގްރެސް ޕާޓީންވެސް ނިންމާ ކޮންމެ ފިޔަވަޅަކީ ވެސް ގައުމު އިސްކޮށްގެން ނިންމާ ފިޔަވަޅުތައް ކަމަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި، ރައީސް ވިދާޅުވީ، ސަރުކާރުންވެސް އަދި އެ ޕާާޓީއިންވެސް އަމިއްލަ ކަންކަން އިސްނުކޮށް، ގައުމީ ވިސްނުމުގައި މަސައްކަތްކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ، ގައުމަށް ކޮށްދެވެން އޮތް މަސައްކަތް ބަލައި، އެ މަސައްކަތެއް ކޮށްދިނުމަށް މަސައްކަތްކޮށްދޭ ކަމަށެވެ.

މީގެއިތުރުން، ވޭޕް މަނާކުރުމާއި، ޖެނެރޭޝަނަލް ބޭން އަކީވެސް ޒުވާނުންގެ މުސްތަގުބަލަށް ވިސްނަވައިގެން، ގައުމަށްޓަކައި ނިންމެވި ފިޔަވަޅުތަކެއް ކަމަށެެވެ.

ހަމަމިއާއެކު، މާލޭ ސިޓީގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ކުރުމަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭނީ މާލޭ ސިޓީ ކައުންސިލްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މޭޔަރަކަށް ނެރުމަށް ނިންމެވީ، ގައުމީ ލޯބި ހިތްޕުޅުގައި އޮތް ޝަހުސިއްޔަތެއް ކަމަށެވެ.

“މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ހަަތަރެއް އޭޕްެރީލުގައި އޮންނަ ވޯޓުގައި އެމަނިކުފާނު ހޮއްވަވައިދެއްވަން. އަޅުގަނޑުގެ ފުރިހަމަޔަގީންކަން އެބައޮތް ތިޔަ ރައްޔިތުންނާމެދުގައި”

ރައީސް ވިދާޅުވީ މޫސާ ޖަލީލްއަކީ ގައުނަށް ހިދުމަތްކުރުމުގެ މިސާލެއް ކަމަށެވެ. ޖަލީލު ނޮވެންބަރު ތިންވަނަ ދުވަހު މޭ އައްޑަނައަށް ދޫކުރައްވައިގެން ގައުމުގެ ދިފާއުގައި ނިކުންނެވިކަން މިއަދުގެ ޒުވާނުންނަށް ނޭނގޭ ކަމަށާއި، އެކަމަކީ ކިޔައިދޭންޖެހޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މާލޭ ރައްޔިތުންނަށް، ހިދުމަތްކުރުމަށް ނިކުމެ ހުންނެވީ ގައުމަށް އަގުހުރު ހިދުމަތް ކުރެއްވި ބަތަލެއް ކަން ޒުވާނުންނަަށް އިނގެން ޖެހޭ ކަމެއްް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.