MTCC

މ އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

HEztNQ7aAAAYJWI

މ އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

SHARE

މ. އަތޮޅު ތައުލީމޫ މަރުކަޒުގެ އައު އިމާރާތް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރ އޮފް ސްޓޭޓް ފޮރް އެޑިއުކޭޝަން ޑރ.އަބްދުއްލަތީފް މުހައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ.

މި މަޝްރޫއުގެ ދަށުން 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމާއި،10 ކްލާސްރޫމް، ލައިބްރަރީއަކާއި، އޭވީ ރޫމް އަދި ހެލްތު ރޫމްއެއް މަރާމާތުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ މައުލޫމާތު ދީފައެވެ.މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 18.80 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.

މުލީ ސްކޫލުގައި 240 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުން އަންނަކަން ފާހަގަކޮށް އެމްޓީސީސީއިން ބުނީ، މުއްޔަކީ
އަތޮޅު ވެރިކަން ކުރާ ރަށަށްވުމާއެކ،ު އަތޮޅުގެ އެހެން ރަށްރަށުންވެސް ދަރިވަރުން ތަޢުލީމު އުނގެނުމަށް  އެރަށުގައި ދިރިއުޅޭ ކަމަށެވެ. އެހެންކަމުން އެ ސްކޫލްގައި ތިން ފަންގިފާލާގެ އިމާރާތެއް ގާއިމުކުރެވުމުން، ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބި ، ކިޔަވާ ކުދިންނަށާއ،ި މުދައްރިސުންނަށާއ،ި ބެލެނިވެރިންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.