MTCC

ތެޔޮ ހޯދުމަށް ރާއްޖެއިން އިންޑިއާގެ އެހީއަށް އެދިއްޖެ

images (15)

ތެޔޮ ހޯދުމަށް ރާއްޖެއިން އިންޑިއާގެ އެހީއަށް އެދިއްޖެ

SHARE

މެދުއިރުމަތީގެ ހަނގުރާމައާއ ގުޅިގެން ތެޔޮލިބުމުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ރާއްޖެއިން ތެޔޮ ހޯދުމަށްޓަކައި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އަވަށްޓެރި ގައުމުތަކަށް ޕެޓްރޯލިއަމްގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ގައުމުން ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެ ހިމެނޭޙެން އިތުރު ގައުމުތަކުން ތެޔޮ ހޯދުމަށް އެ ގައުމުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

ޖައިސްވާލް އިތުރަށް ވިދާޅުވީ ރާއްޖެއިން އެ ގައުމަށް ހުށަހަޅާފައިވާ ކަންކަން، ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގޮތް ނިންމާނީ އިން އިންޑިއާގެ އަމިއްލަ ބޭނުންތަކަށާއި، އެ ގައުމުގައި ތެޔޮ ހުރި މިންވަރު ބެލުމަށްފަހު ކަމުގައި ކަމަށެވެ.