ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ ތަރައްގީގެ ތަޅުދަނޑި: ޝަރީފް

G5VIakcaIAApMWx

ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ ތަރައްގީގެ ތަޅުދަނޑި: ޝަރީފް

SHARE

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އުތުރުގެ ތަރައްގީގެ ތަޅުދަނޑީގެ ގޮތުގައި އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝަރީފް މިފަދައިން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާޓުގައި ވާހަކަދައްކަވަމުން ނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އެރަށުގެ އިތުރުން ބޮޑު ތިލަދުންމަތީގެ އިގްތިސާދަށް ބޮޑު އިގްގިލާބެއް އަންނާނެ އެވެ. އަދި އުތުރުގެ ސަރަހައްދުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން، މި މަޝްރޫއުއާއެކު، ވަޒީފާތައް އިތުރުވެ، ބޭރު ފައިސާގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް އެނާ ވިދާޅުވި އެވެ.

"އެއީ މުޅި ބޮޑު ތިލަދުންމަތި ދިއްލާލި ބޮޑު ދަންމަރެއް. އެއީ ކާބަފައިން އަޅުގަނޑުމެންނަށް ވީ ވަޢުދު. އެއީ މުސްތަޤްބަލަށް ހުޅުވިގެން ދިޔަ ދޮރެއް. އެންމެ ޚާއްސަކޮށް އެއީ މީގެ އެތައް ސަތޭކަ އަހަރު ކުރިން ވެސް މި ބޮޑު ތިލަދުންމަތި ދެކުން ގަދީމީ ހުވަފެން،" އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓުގައި ގާއިމުކޮށްފައިވާ އާ ޓާމިނަލަކީ އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ 10380 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެއީ އެންމެ ބޮޑެތި A-320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މި މަޝްރޫއުއަކީ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ.