ލ. ހިތަދޫއާއި އެއަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން، އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން ހިތަދޫއާއި މެންދޫ ދެމެދުގައި 66 މީޓަރުގެ ކަލްވާޓް ސެގްމެންޓް، 36 މީޓަރުގެ ކޯޒްވޭ ސެގްމެންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 156 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި މެންދޫއާއި ކުނަހަންދޫ ދެމެދުގައި 133 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 78 މީޓަރުގެ ކޯޒްވޭ ސެގްމަންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 167 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.
81.2 ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މީގެއިތުރުން، ހިތަދޫ ވޮލީ ކޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫޢުގެ ދަށުނ،ް ކޮންކްރީޓް މަސައްކަތްތަކާއ،ި ދަގަނޑުގެ މަސައްކަތްތަކާއ،ި ކަރަންޓު މަސައްކަތްތަކާއ،ި ޓާފް އެޅުމާއ،ި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ. މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.