ގދ. ތިނަދޫ ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް ފެސިލިޓީސް ޕްރޮޖެކްޓްގެ މަސަތްކަތް ބާރަށް ކުރިޔަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސ)ީއިން ބުނެފި އެވެ.
އެގޮތުން އެމްޓީސީސީގެ އެންމެ ފަހުގެ އަޕްޑޭޓްގައިވާ ގޮތުން އެޑްމިން ބިލްޑިން، ކޯލްޑް ސްޓޯރޭޖް، އަދި ކެމިކަލް އެންޑް ސޯލްޓް ސްޓޯރުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް %48، %80، އަދި %56 ވަނީ ނިމިފަ އެވެ.
އެ ފެސިލިޓީ ނިމުމުން 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޔުނިޓާއި ޝިފްޓަކަށް 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ހުންނާނެ އެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ފުޅާކޮށް، ރާއްޖޭގެ މަސްވެރިކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުލައި 11، 2023 ގަ އެވެ.