އަތޮޅުތެރެއިން މިދިޔަ މަހު 900އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފި

397030_3_f9c23a1ed4278f4049b7e23c3ca5907e02867889_large

އަތޮޅުތެރެއިން މިދިޔަ މަހު 900އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފި

SHARE

އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 900 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދެއްކި ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 3884 ޕާސްޕޯޓް ދޫކޮށްފައިވެ އެވެ. އަދި 3897 އެޕްލިކޭޝަނެއް ވަނީ ޕްރޮސެސްކޮށްފަ އެވެ.

މާލެއިން 2115 ޕާސްޕޯޓް ދޫކޮށްފަވާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ފާސްޕޯޓު ވަނީ ދޫކޮށްފަ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް، ވިލިމާލެއިން 36 ޕާސްޕޯޓް މި މުއްދަތުގެ ތެރޭގައި ވަނީ ދޫކޮށްފަ އެވެ. މީގެއިތުރުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު ޖުމްލަ 960 ޕާސްޕޯޓް ދޫކޮށްފައިވެ އެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނަށް ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާހްކުރައްވާފަ އެވެ.

ރައީސްގެ ވައުދާއެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ މިހާރުވަނީ ފުއްދަވާފަ އެވެ.